މައްސަލަ ހައްލުކޮށް ޚިދުމަތް މެދުކެނޑުނު މާލެއާ ހުޅުމާލޭގެ ސަރަހައްދުތަކަށް ކަރަންޓުދީފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ޚިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށްވެސް މިހާރު އަލުން ކަރަންޓު ދެވިފައިވާކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް…
— STELCO (@STELCOMALDIVES) July 22, 2025
އަދި ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުމަށް ސްޓެލްކޯއިންވަނީ އެދިލައްވާފައެވެ.
މިރޭ 11:45ހާއިރުން ފެށިގެން މާލޭގެ ބައެއް ސަރަޙާއްދުތަކުން ކަރންޓު ކެނޑިފައިވާތީ ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިންވަނީ މައާފަށް އެދިފައެވެ.