މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން މާލެ ސަރަހައްދުގައި އުޅަނދު ދުއްވުން މަނާކޮށް ކުރި އިއުލާން ބާތިލްކޮށްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މާލެ ސަރަހައްދުގައި ދުއްވުން މަނާކުރަން ކުރި އިއުލާން ބާތިލްކުރިނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި އެހެނިހެން މުއައްސަސާތަކުން މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބަންދުކޮށްފައިވާ ސަރަޙައްދުތަކުގައި، އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މީގެ ކުރިން މިނިވަން ދުވަހާއި ގުޅިގެން މާލޭގައި އުޅަނދު ދުއްވުން މަނާކޮށްފައިވަނީ، މާލެ ސަރަހައްދުގައި ބާއްވާ ހަރަކާތްތަކާއި ގުޅިގެން މަގުމަތީގެ ސަލާމަތަށްޓަކައި ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަދުގެ ހަވީރު 3:00 އިން 6:30 އެއްވެސް އުޅަނދެއް ނުދުއްވޭނެ ކަމަށް ކުރިން ވަނީ އަންގާފައެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރައިން އިއުލާން ބަތިލްކުރުމާއެކު އެކަން ފުލުހުންވެސް ވަނީ އެކަން އިއުލާންކޮށްފައެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ އިތުރުން ފުޅަނދުބުރާއި އާންމުންނަށް ބައިވެރިވެވޭ ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމުކޮށްފައެވެ. މި ހަރަކާތްތަކަށްޓަކައި މާލެއާއި ހުޅުލެ އަދި ހުޅުމާލެ ހިމެނޭހެން މަގުމަތީގެ ޓްރެފިކަށް ބޮޑުބަދަލެއް ގެނައުމަށްވަނީ ހަމަޖެހިފައެވެ.