އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އަމްނާ ތަޒްކިޔާ މިރުޞާދު މުގުރާލައިފިއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ތަޒްކިޔާ މި ރިކޯޑު މުގުރާލާފައިވަނީ އެއް މިނެޓު 13.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން ހަދާފައިވަނީ ހަމްނާ އަޙްމަދެވެ. އެއީ 2024 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އެއް މިނެޓު 17.69 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.