ކުޅިވަރު

ދެ ބިލިޔަން ޔޫރޯ ޚަރަދުކުރި ފުރަތަމަ ކޯޗަކީ ގާޑިއޯލާ


ކުޅުންތެރިން ގަތުމަށް މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރި ކޯޗަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަމުގައި ވެއްޖެއެވެ.

ސްޕެއިނަށް އުފަން ކޯޗު ވަނީ އޭނާ މިހާތަނަށް ކޯޗުކޮށްދިން ތިން ކުލަބަށް ކުޅުންތެރިން ގަތުމަށް 2.2 ބިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. މިއަދަދަށް އޭނާ ހޭދަކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެންޗެސްޓާ ސިޓީގަ އެވެ. އޭނާ ވަނީ ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސިޓީގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ބާސެލޯނާގައި އޭނާ ވަނީ 341 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. ބަޔާންގައި ހޭދަކުރީ 203 މިލިއަން ޔޫރޯ އެވެ.

ގާޑިއޯލާ އަށް ފަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނޭ އެވެ. އޭނާ ހަރަދުކޮށްފައިވަނީ 1.3 ބިލިއަން ޔޫރޯ އެވެ. މި ލިސްޓުގެ ތިން ވަނަ ލިބެނީ އިޓަލީގެ ޔުވެންޓަސްގެ ކޯޗު މަސިމިލާނޯ އަލެގްރީ އަށެވެ. އޭނާ ވަނީ 1.2 ބިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ.

ލިސްޓުގެ ހަތަރު ވަނާގައިވަނީ މިވަގުތު އިނގިރޭސި ގައުމީ ކޯޗުކަމުގައި ހުރި ޖަރުމަނުގެ ތޯމަސް ޓުކެލް އަށެވެ. ބޮރޫޝިޔާ ޑޯޓްމުންޑާއި ޗެލްސީ އަދި ޕީއެސްޖީ އާއި ބަޔާން އަށް ކޯޗުކޮށްދިން ޓުކެލް ހޭދަކޮށްފައިވަނީ 1.19 ބިލިއަން ޔޫރޯ އެވެ. ލިސްޓުގެ ފަސް ވަނާގައިވަނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީގެ ކޯޗު އެންޓީނިއޯ ކޮންޓޭ އެވެ. އިންޓަމިލާނާއި ޔުވެންޓަސް އަދި ޗެލްސީ އަށް ކުރި ކޯޗުކޮށްދިން ކޮންޓޭ ހޭދަކޮށްފައިވަނީ 1.16 ބިލިއަން ޔޫރޯ އެވެ.