ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ނެރެފައިވާ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ސަމާޅުވުމަށް މެޓޤ އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މެޓް އޮފީހުން އާންމުކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު ހުކުރު ދުވަހުން ފެށިގެންވެސް ރާއްޖޭގެ އެންމެ އިތުރުން ފެށިގެން ތ، އަދި ލ. އަތޮޅު ހިމެނޭ ސަރަޙަށްދަށް ވައިގަދަވެ ކަނޑުތައް ގަދަކަމަށް ވަނީ ލަފާކޮށްފައެވެ.
އެންމެ ފަހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 00:00އާ ހަމައަށެވެ.
Alert white for strong winds pic.twitter.com/0WuFFR3a8d
— Maldives Meteorology (@MetMaldives) August 2, 2025
ނިމުނު ހަފްތާއަކީ ވައިގަދަވެ ވިއްސާރަކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށްވެސް މޫސުން ގޯސް ހަފްތާއެކެވެ. ވޭތުވެދިޔަ ހަފްތާގަވެސް އާދަޔާ ޚިލާފަ ވައި ގަދަވެ، އުދަ އެރުމާ އަދި ބައެއް ގެއްލުންތައް ލިބިފަވެއެވެ. އަދި ކަނޑުމަތީގެ ނުރައްކާތެރި ބައެއް ޙާދިސާތައްވެސް ހިނގާފަވެއެވެ.
ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެތީ، ކަނޑުމައްޗަށް ނިކުންނައިރު ޚާއްސަކޮށް މޫސުމަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.