ޚަބަރު

ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވައި 2 މީހުން ހައްޔަރުކޮށްފި


  • ފުލުހުންނަށް ކިޔަމަންނުވެ ކާރު މަޑުނުކޮށް ވަނީ ހުޅުމާލޭގައި ދުއްވާފައި

  • ކާރު ވަނީ ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލާފައި

  • ފުލުހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން

ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައިި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ހުޅުމާލޭ ފޭސް1އާއި ފޭސް 2ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާކަމަށެވެ.

ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ކާރު ދުއްވި ފިރިހެން މީހާއާއި، އެ ކާރުގައި އިން އަންހެން މީހާ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ ސީންގައި ހަރަކާތްތެރިވަމުންނެވެ.