އދ. ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާން ރޯވެ އަނދަމުންދާތީ ސިފައިން އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ، ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ވަގުތު ކުޑަރަށް ރިސޯޓުގެ ފަޔަރ ޓީމެއް ދަނީ އެ އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ. އަދި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރުކަމަށް ވެސް ވިދާޅުވިއެވެ.
މިހާދިސާގެ އިތުރު ތަފްސީލެއް އަދި އެމްއެންޑީއެފްއިން ހާމަކުރައްވާފައިނުވެއެވެ.