ޚަބަރު

ގައުމީ އެތުލެޓިކްސް މުބާރާތް: ޓްރިޕަލް ޖަމްޕް އިވެންޓުން ރަން މެޑެލް ކައިލީންއަށް


މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ ޓްރިޕަލް ޖަމްޕުގެ އޯޕަން ކެޓެގަރީން ފާތިމަތު ކައިލީން ނިޔާޒް ރަން މެޑެލް ހޯދައިފިއެެވެ.

ހުކުރު ދުވަހު ހަވީރު ކުރިއަށްދިޔަ ފައިނަލް ބުރުގައި ވާދަކޮށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ކައިލީން އެއްވަނަ ހޯދީ 9.23 މީޓަރު ދުރަށް ފުންމައިގެންނެވެ.

ދެވަނަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު އިނާޝާއެވެ. އޭނާ ދެވަނަ ހޯދީ 8.94 މީޓަރަށް ފުންމައިގެންނެވެ.

ތިންވަނަ ހޯދީ 8.86 މީޓަރަށް ފުންމައިގެން ޓްރެކް އެންޑް ފީލްޑްގެ އައިޝަތު ލައިބާ ނިޝާންއެވެ.