މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ 34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ 4 ގުނަ 100 މީޓަރު ރިލޭގެ އެއްވަނަ ދިވެހި ސިފައިންގެ ކުލަބާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
ފިރިހެނުންގެ ރިލޭގެ އެއްވަނަ ސިފައިންގެ ކުލަބުން ހޯދީ 44.44 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ދެވަނަ ލިބުނީ 44.48 ސިކުންތުން ރޭސް ނިންމި ޝަރީފް ސްޕޯޓްސްއަށެވެ. އަދި ތިންވަނަ ލިބުނު ޓްރެލް އެންޑް ފީލްޑް އެސޯސިއޭޝަނަށް ރޭސް ނިންމުނީ 45.46 ސިކުންތުންނެވެ.
4 ގުނަ 100 މީޓަރު ރިލޭގެ އަންހެނުންގެ ކެޓެގަރީން އެއްވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ރޭސް ނިންމީ 51.78 ސިކުންތުންނެވެ. އަދި ދެވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމަށް ރޭސް ނިންމިފައިވަނީ 56.70 ސިކުންތުންނެވެ. މި ބައިގެ ތިންވަނަ ސާއިދު ސްޕޯޓްސްގެ ޓީމަށް ލިބިފަވާއިރު، އެ ޓީމުން ރޭސް ނިންމާފަވަނީ 57.25 ސިކުންތުންނެވެ.