އެމެރިކާގައި މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ސްޕެއިންގެ ކާލޮސް އަލްކަރޭޒް ހޯދައިފި އެވެ.
މި މުބާރާތުގައި ދެވަނައަށް ސީޑު ކޮށްފައިވާ އަލްކަރޭޒް ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޖަރުމަނުގެ އެލެކްޒެންޑަރ ޒްވެރޭވް އާއި ދެކޮޅަށް ކުޅުނު މެޗުން އަލްކަރޭޒް މޮޅުވެފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުން އަލްކަރޭޒް މޮޅުވެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު އޭނާ އާއި ދެކޮޅަށް ފައިނަލުގައި ނިކުންނާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން, ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އޭނާގެ 24 ވަނަ އުފަން ދުވަހު ފްރާންސްގެ ޓެރެންސް އެޓްމޭން އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ދޭއްގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ސިންސިނާޓީ އޯޕަންގެ ފައިނަލުގައި ދެ ކުޅުންތެރިން ވާދަކުރާއިރު މިއީ ނިމިގެންދިޔަ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރި ދެ ކުޅުންތެރިންނެވެ. އަދި އޭގެ ތެރެއިން އެއް މުބާރާތް ކޮންމެ ކުޅުންތެރިއަކު ކާމިޔާބު ކޮށްފައިވާއިރު ސިނާ ވަނީ ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ.