އަންހެނުންގެ، ލޯންގްކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އައު ކޮށްފިއެވެ.
މި ރެކޯޑު އާކޮށްފައިވަނީ މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 10:09.97 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ، މިރާލް ޢައިން ލަޠީފް، އަމްނާ ތަޒްކިޔާ މިރުޞާދު، ލައިބާ ޙަސަންމަނިކު އަދި ޢަޔާނާ ޢަރީފް އެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 10.50.31 އިން ނިންމައިގެންނެވެ. މިޤައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނުނީ ޙަނާން ޙުސައިން ޙަލީމް، މިރާލް އައިން ލަތީފް، ޙަމްނާ އަޙްމަދު އަދި އީން އައްބާސް ޝަރީފް އެވެ