ޚަބަރު

ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


  • ރޯވެފައިވަނީ އެގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި

  • މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

ހ. ފެނިގެއްލިދާގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ. ރޯވެފައިވަނީ އެގޭގެ ހަދަމުންދާ ފަންގިފިލާއެއްގައި ހުރި ކުނިތަކެއްގައިކަމަށް އެމްއެމްޑީއެފްއިން ވިދާޅުވިއެވެ.

އެމްއެެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 08:19 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައިކަމަށް ވިދާޅުވިއެވެ.

އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލެވުނީ 08:36 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.