ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި، ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ވެމްކޯ އިން ފުރަތަމަ މެޗުތަކުން މޮޅުވެއްޖެއެވެ.
މުބާރާތުގެ ކުޅުން ރޭގަ ފެށިއިރު ސިފައިން މޮޅުވީ އެމްޕީއެލް އަތުން 1-0 ލަނޑުންނެވެ. ވެމްކޯ މެޗު ކާމިޔާބު ކުރީ ޕޮލިސް ކްލަބާ ވާދަކޮށް 5-2 ލަނޑުންނެވެ.
މި ފަހަރުގެ އެއިޓީން ތާޓީ މުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ އާއި ދެ ވަނަ ޓީމުން ފައިނަލުގައި ބައްދަލުކުރާނެ އެވެ.
ރޭގެ މެޗުގައި ސިފައިންގެ ޓީމުން މޮޅު ކުޅެމެއް ދެއްކި އިރު އެޓީމުން ވަނީ ލަނޑަށްފަހު ރަނގަޅު ދިފާއީ ގޭމެއް ކުޅެފައެވެ. މިއަހަރު މުބާރާތަށް ރަނގަޅަށް ތައްޔާރުވި ވެމްކޯ ވެސް ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
އެއިޓީން ތާޓީގެ ދެ ވަަނަ މެޗުތައް މާދަމާރޭ ޕޮލިހުން ސިފައިންނާ ކުޅޭއިރު، އެމްޕީއެލް އިން ބައްދަލުކުރާނީ ވެމްކޯއާ އެވެ.