ކުޅިވަރު

ފޯސީޒަން ރާޅު މުބާރާތް ދިވެހިންނަށް ރަނގަޅު މުބާރާތެެއް- އިބޫ


ފޯ ސީޒަން ސަރފިން ޗެމްޕިއަންސް ޓްރޮފީ ރާޅާއަޅާ މުބާރަތުގައި ޖޭމްސް އޯބްރިއަން ބަލިކުރުމަކީވެސްލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިމުބާރާތުގައި ވާދަކުރި ހަމައެކަނި ދިވެހިރާޅާ އެޅުންތެރިޔާ ހުސެއިން އަރީފް އިބޫ ބުނެފިއެވެ. 

ފޯ ސީޒަން ސާފިން ޗެންޕިއަންސްޓްރޮފީއަށް ފަހު ޕީއެސްއެމްއާ ވާހަކަދައްކަމުން އީބޫބުނީ މިއީ ވަރަށް ޔުނީކް މުބާރާތެއްކަމަށާހާއްސަކޮށް މިދިޔަ ހަ އަހަރަށްފަހު ދިވެސަކަށް މިމުބާރާތުގައި ވާދަކުރުމުގެފުރުސަތު ލިބުމުން ދިއުމަކީވެސް ފާހަގަކޮށްލެވޭކަމެއްކަމަށެވެ. މިމުބާރާތުގެ ތްރަސްޓާރޑިވިޝަންގައި ޖޭމްސް އޯބްރިއަން ބަލިކޮށް ސެމީއަށް ދަތުރުކުރެވުމަކީ މިމުބާރާތުގައިލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށްވެސް އިބޫ ފާހަގަކުރިއެވެ. ދުނިޔޭގެ ބޮޑެތިމުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިވާ ޖޭމްސް އޯބްރިއަންއަކީދެހާސް ހަތަރުވަނަ އަހަރުގެ ޕައިޕް މާސްޓާރސް ރާޅާއެޅުމުގެ މުބާރާތުގެ ޗެންޕިއަންއެވެ. އެމުބާރާތް ކުރިއަށް ގޮސްފައިވަނީ ހަވާއީގައެވެ. އިބޫ ބުނީ މިއީ ރާއްޖޭގެރާޅާއެޅުންތެރިން ވާދަކުރުމަށް ވަރަށް ރަނގަޅު މުބާރާތެއްކަމަށާ ހާއްސަކޮށްދުނިޔޭގެ އެންމެ މޮޅެތި ރާޅާއެޅުންތެރިންނާއެކު އަމިއްލަ ގައުމްގައިވާދަކޮށްލުމުގެ ފުރުސަތު ލިބޭ މުބާރާތެއްކަމަށެވެ. 

"މިއީ ދިވެހިންނަށް ވަރަށް ރަނގަޅު މުބާރާތެއް. މިމުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވަނީ ބޮޑެތި މުބާރާތްތަކުގައި އެއްވަނަ ހޯދާފައިވާ ރާޅާއެޅުންތެރިންނާ، ރާޅާ އެޅުން ހުއްޓާލާފައިވާ ރާޅާއެޅުންތެރިން. މިމުބާރާރުގެ ސަބަބުން މިފަހަރު ވަރަށް ގިނަ އެއްޗެހިތަކެއްވެސް ދަސްވެގެން ހިނގައްޖެ" ހުސެއިން އަރީފް އިބޫ ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14712714269810.jpg|ފޯސީޒަން ސާފިން ޗެންޕިއަންސް ޓްރޮފީ މުބާރާތް (ފޮޓޯ: ޕީއެސްއެމް / ވަހީދު)

ތުރަސްޓާރ ޑިވިޝަންގެސެމީގައި އިބޫ ކަޓާފައިވަނީ އޮސްޓްރޭލިއާގެ ތާޖް ބުރޯއާ ވާދަކޮށްގެންނެވެ. ހުސެންއަރީފްބުނީ ފޯ ސީޒަން ސާފިން ޗެންޕިއަންސް ޓްރޮފީއަށް ރާއްޖެއިން ކޮލިފައިވަނީމޯލްޑިވްސް އޯޕަންގައި އެންމެ ދުރަށް ދަތުރުކުރާ ރާއްޖޭގެ ރާޅާ އެޅުންތެރިޔާ ކަމަށެވެ. މިކަމުގެ ސަބަބުން ކުރިއަށް ވުރެއް ބޮޑަށް މޯލްޑިވްސް އޯޕަން ފޯރިގަދަވެގެންދާނެކަމަށާ، ކުރިއަށް ވުރެއް ބޮޑަށް ދިވެހިންގެ ތެރޭގައި މޯލްޑިވްސްއޯޕަންގެ ވާދަވެރިކަން އިތުރުވެގެންދާނެކަމަށްވެސް ހުސެއިން އަރީފް އިބޫ ބުނެޏެވެ.