ފ. ބިލެތްދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަޅައިފިއެވެ.
ބިލެތްދޫ އެފްއާރްސީގެ ބިންގާ އަޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މިދަތުރުގައި އެރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިންގ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.
ބިލެއްދޫ ރައްޔިތުންނަށް ވޮލީ ކުޅޭނެ ފެންވަރު ރަނގަޅު ކޯޓެއް އެޅުމަށް ހަވާލުކުރެވުނުއިރު އެމްޓީސީސީން އަންނަނީ އެކި ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޅިވަރު މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.
ބިލެއްދޫ ރައްޔިތުން އެދޭ ގޮތަށް ވޮލީކޯޓު އެޅުމަށް ނިންމާފައިވާއިރު އެރަށުގައިވެސް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މި ސަރުކާރުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.