ޚަބަރު

ފ. ބިލެތްދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްގީކުރުން އެމްޓީސީސީއަށް


ފ. ބިލެތްދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފ. ބިލެއްދުއަށް ވަޑައިގެން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ބިލެއްދޫ އައްޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.

މި މަސައްކަތުގެ ތެރޭގައި ކޮންކްރީޓް އަދި ބައުޑްރީ ފެންސް ޖެހުމާއި، ވޮލީކޯޓަށް ބޭނުންވާ އިކުއިޕްމެންޓްތައް ހަރުކުރުން ހިމެނެއެވެ. މިއީ 120 ދުވަހުގެތެރޭގައި ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މިއީ 1.24 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީ އިން ބުނީ 1300 މީހުންގެ އާބާދީއެއް އޮންނަ ބިލެއްދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ގާއިމުކުރެވުމުން އެރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުންލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށެވެ.