އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ހައްދަވަންޖެހޭ ޤަވާޢިދުތައް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިހެން ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ގުޅޭގޮތުގެން ބޮރޯޑްކާސްޓިންގ ކޮމިޝަނާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤާނޫނުގެ ދަށުން ހައްދަވަންޖެހޭ ޤަވައިދުތައް ހެއްދެވުމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށާއި އެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމެވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ބަންޑާރ ނައިބު މުޙައްމަދު އަނިލް ވިދާޅުވެފައިވެއެވެ.
ބަންޑާރަ ނައިބާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ތަންފީޒުކުރައްވައި ޢަމަލުކުރައްވަން ފެއްޓެވުމުން، މިހާރުން މިހާރަށްވެސް ވާންޖެހޭ ތައްޔާރީތަކާމެދު ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާފައިވާ ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއެވެ.