ޚަބަރު

ކަނޑިތީމުގައި މިރޭ ހަވާ އަރުވަނީ


  • މިރޭ 21:00 އިން 21:30 އާ ދޭތެރޭގައި 3 މިނެޓުގެ ވަގުތަކަށް ހަވާއެރުވާނެ

  • މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް

ށ. ކަނޑިތީމުގައި މިރޭ ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ށ. ކަނޑިތީމުގައި މިރޭ 21:00 އާއި 21:30 އާ ދޭތެރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓުގެ ވަގުތަށްކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.

މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ. ހަމައެހެންމެ ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.