ޚަބަރު

ފުނަދޫގެ ތަރައްޤީއަށް އިންގިލާބީ ބަދަލެއް ގެންނާނެ 8 މަޝްރޫއެއް!


  • އިސްލާމީ މަރުކަޒެއް ޤާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފަ

  • ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފަ

އިސްލާމީ މަރުކަޒަކާއި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ހިމެނޭހެން ށ. ފުނަދޫގެ ތަރައްޤީއަށް ހިންގާ 8 މަޝްރޫޢެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރުމަށް ނޫރައްދީން އިންވެސްޓްމެންޓާއި ވަނީ ހަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ނޫރައްދީން އިންވެސްޓްމެންޓުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒުރައިރަތު އާދަމްއެވެ.

ފުނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެރަށު ބަނދަރު ތަރައްޤީކުރުމާއި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެކުންފުންޏާއެވެ.

ބަނދަރު މަޝްރޫޢުގެ ދަށުން 70,693 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 340 މީޓަރުގެ
ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 450 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމާއ،ި 61 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން
ޖެހުމާއ،ި 238 މީޓަރުގެ ސަރަ ހައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއ،ި 260 މީޓަރުގެ ސަރަ ހައްދެއްގައި ވެލި ފުރާފައިވާ
ބޭރުތޮއްޓެއް ލުމާއ،ި 86 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 3,920 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް
ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. 92.73 މިލިއަން ރުފިޔާގެ މި މަޝްރޫޢު 450
ދުވަސްތެރޭ ނިންމަން ޖެހެއެވެ.

މަގު ހެދުމުގެ މަޝްރޫޢުގެ ދަށުނ،ް ޖުމްލަ 3.85 ކިލޯމީޓަރުގެ މަގު ތަރައްޤީކޮށް، ފެންހިންދާ ނިޒާމެއް
ގާއިމްކުރުމާއި، ސަރވިސް ލައިން އެޅުމާއ،ި ޤުދުރަތީ ގޮތުން ފެންގަނޑު ހިނދޭ ނިޒާމެއް ހަދައި،ި ޕޭވްމަންޓެއް ހެދުމާއ،ި
ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއ،ި މަގު ބައްތި ހަރުކުރާ މި މަޝްރޫޢަކީ 105.48 މިލިއަން ރުފިޔާއަށް 520
ދުވަސްތެރޭ ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.

މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

މިރަސްމިއްޔާތުގައި ފުނަދޫ ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ މަސައްކަތް ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

ފުނަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްއޭސީއެލާއި ހަވާލުކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

މީގެ އިތުރުން، ފުނަދޫ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއި ހަވާލުކޮށްފައިވާއިރު، މިކަމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ނޮދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ ޢަބްދުﷲ ސިނާންއެވެ. އަދި ފުނަދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްއެވެ.

ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހިމާޔާތްކޮށްފައިވާ ށ. ފަރުކޮޅުގެ ނޭޗަރ ޕާކުގެ ކޮންސެޕްޓް ތަޢާރަފުކޮށް އެރަށް ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ ރޭންޖަރސްއަށް ޔުނިފޯމްވެސް ހަވާލުކޮށްފައިވަނީ މި ރަސްމިއްޔާތުގައެވެ. އެގޮތުން ރޭންޖަރސްއަށް ޔުނިފޯމްތައް ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙީމްއެވެ.