ދުނިޔެ

ޠާލިބާނުންނާ ދެކޮޅަށް އަފްޣާނިސްތާނުގައި ޚާއްޞަ އޮޕަރޭޝަނެއް


އަފްޣާނިސްތާނުގެ ކުންޑުޒްގައި ހަރަކާތްތެރިވާ ޠާލިބާނުންނާއި ދެކޮޅަށް އަފްޣާނިސްތާނުގެ ފައުޖުތަކުން އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.

އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން މިއޮޕަރޭޝަން ފަށާފައިމިވަނީ ޠާލިބާން ހަނގުރާމަވެރިންގެ އަތްދަށުން އަފްޣާނިސްތާނުގެ އުތުރުގެ ޞަރަޙަދެއްކަމަށްވާ ޙަނާބާދް ޑިސްޓްރިކްޓް ސަލާމަތްކުރިތާ އެއް ދުވަސް ފަހުންނެވެ.

އަފްޣާނިސްތާނުގެ ދެކުނުގެ ޞަރަޙައްދުތަކަށް ގަދަވެގަނެގެންއުޅޭ ޠާލިބާން ހަނގުރާމަވެރިން ފަހަކަށް އައިސް އެޤައުމުގެ އެހެން ޞަރަޙައްދުތަކަށް ގަދަވެގަންނަން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން އަފްޣާނިސްތާނުގައި ހަމަނުޖެހުން ވަނީ އިތުރުވެފައެވެ.

 އަފްޣާނިސްތާނުގެ އޮފިޝަލުން ބުނީ އެޤައުމުގެ އެކި ސަރަހައްދުތަކަށް ޠާލިބާން ހަނގުރާމަވެރިން އެހާ ފަސޭހައިން ގަދަވެގަންނަ އެއްސަބަބަކީ އަސްކަރީ ގޮތުން އެޞަރަޙައްދުތައް ރަގަޅަށް ނުބެލެހެއްޓޭތީކަމަށެވެ.