ޚަބަރު

ޤަވާއިދާ ޚިލާފަށް އެތެރެކުރި 3 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު ނައްތާލައިފި


  • މިއީ 199 ކޭސް ސިނގިރޭޓް

  • މި ތަކެތި ނައްތަލާފައި ވަނީ ދޫނިދޫގައި

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ ޢަދަދެއްގެ ސިނގިރޭޓް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ނުވަތަ 199 ކޭސް ސިނގިރޭޓް ނައްތާލާފައިވާކަމަށެވެ. މިތަކެއްޗަކީ ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތިކަމަށް އެ މުޢައްސަސާއިން ވިދާޅުވެއެވެ. އަދި މި ތަކެތި ނައްތަލާފައި ވަނީ ދޫނިދޫގައެވެ.

ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރަމުނގެ މައްސަލަަތައް ފެންމަތިވެފައިވެއެވެ.