ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


  • ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބޭނެ

  • 5 ނޮވެންބަރުވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުށަހެޅޭނެ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުން މިއަދުން ފެށިގެން 5 ނޮވެންބަރުވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށްކުރިއަށްދާނެކަމަށެވެ.

ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.