އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެ ދެމީހުންވެސް ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ދެ މީހަކު ނިޔާވެފައި އޮތް މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، އެކަމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.
ނިޔާވެފައިވަނީ ސ. ހިތަދޫ ކްރޭންގެ އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި ސ. މަރަދޫ ނާރެސް، އުމުރުން 52 އަހަރުގެ ފަރަޙްނާޒް ރަޝީދުކަން ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ. އަދި މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.