އެމް.އެސް.އެމް.އީ އެވޯޑްސް ގައި ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންއަށް 7 ދާއިރާއެއްގެ ވިޔަފާރިތައް ކަނޑައެޅިފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީއިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އިން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025 ގައި ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތައް ވަނީ އިޢުލާން ކޮށްފައެވެ.
ތަފާތު 11 ގިންތިއަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ މި ބައިގައި 7 ދާއިރާއަކުން ވާދަކުރާ ވިޔަފާރިތައް ވަނީ ކަނޑައެޅިފައެވެ. އެގޮތުން ކާބޯތަކެތި އުފެއްދުމުގެ ދާއިރާއާއި، ލައިފް ސްޓައިލް ބްރޭންޑާއި، އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާއާއި، މުނިފޫހިފިލުވުމުގެ ދާއިރާއާއި، ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާއާއި، ފޮޓޯގްރެފީގެ ދާއިރާގެ އިތުރުން އެންމެ މަޤުބޫލު މާކެޓިންގ ފަރމް ހިމެނެއެވެ.
- މައި ކޭކްސް އެންޑް ސްވީޓްސް
- ޕަލާޓޯ
- ފުޑީސް
- ބާބާ ކާޑިޔާ
- މެރާކީ
- ޓްރޮޕިކަލް ޑިޒައިންސް
- ޝޮޕް އެޓް މަރީ
- އައިލެންޑް ޓަޗް މޯލްޑިވްސް
- ޓޮޑީ
- ބަސްކް
- ފާތިމާ
- ލައިބާ
- ލިންކޯ
- މުނިކާ
- ފަލަކް
- ޑިޓިއުން ބޭންޑް
- ސާދަތިރީސްއަށެއް
- އޮއެވާލި އާޓް ޝޮޕް
- ބައިބީޒް
- މެކްރަމާ
- ލެވެލިއަރ
- އަބުޑީ މޯލްޑިވްސް
- އައިކެންޑީ
- ލައިޓްސް އައުޓް
- ސާރިމް ފޮޓޯސް
- ލޫޕް ކްރާފްޓް
- ޕަބްލިސިޓީ ބިޔުރޯ
- އޯޕަން ސްކައި ގްރޫޕް
ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކަށް ވޯޓުދިނުމަށް އެސް.އެމްއެސް ކުރުމުގެ ސުންގަޑިއަކީ 3 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެރޭ 12:00 އެވެ. މިބައިތަކުގެ އިތުރުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކުންވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެދާއިރާތަކުން އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ އިވެލުއޭޝަން މަރުޙަލާ މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.
މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެ އެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި ދެވޭ މި އެވޯޑުތަކަށް އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ.