ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް އަންހެންމީހާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް ރައްޔިތެއްކަމަށްވާ އުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމަރ މިއަދުގެ ވަގުތެއްގައި ފެނިފައިވާކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ޕޫރްނީމާ ގަޖްމަރ ހޯދަމުންދިޔައީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގިގެން ގެއްލިފައިވާކަމަށް މި މަހުގެ 23ވަނަ ދުވަހު އިރުއޮއްސި 06:56 ގައި ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.