ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އަޅައިފި


  • ފަސޭހަ ބޭންކިންގ ނިޒާމެއް ޤާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުން

ބޭންކް އޮފް މޯލްޑިވްސްގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

ބީއެމްއެލްގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ބީއެމްއެލްގެ ޗެއަރޕާސަން އަޙުމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.