ޚަބަރު

ސަޢުދީގައި ކިޔެވުމަށް 318 ސްކޮލަރޝިޕްގެ ފުރުސަތު!


  • ސްކޮލަރޝިޕަށް ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް

  • 11 ދާއިރާއަކުން ސައުދީގެ ޔުނިވާސީޓީތަކުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 318 ސްކޮލަރޝިޕްގެ ފުރުސަތަށް ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވިދާޅުވީ، 11 ދާއިރާއަކުން ސައުދީގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ސަޢުދީގައި ހުރެ ކިޔެވުމުގެ އިތުރުން އެ ޤައުމުން ވަނީ ރާއްޖޭގައި ހުންނަ ސައުދީ އިމާން ޔުނިވަރސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

ސްކޮލަރޝިޕްގެ 318 ފުރުސަތަށް ހުޅުވާލި ދާއިރާތައް:

- ބިޒްނަސް މެނޭޖްމަންޓް
- މީޑިއާއާ ގުޅުން ހުރި ދާއިރާތައް
- ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް
- ލޯ ސައިންސް
- އެޑިއުކޭޝަނަލް ސްޕެޝަލިޓީސް
- ސޯޝަލް ސައިންސަސް
- ދަނޑުވެރިކަން
- އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް
- އިންޖީނިއަރިން މޭޖާ
- އިސްލާމިކް ފީލްޑް ސްޓަޑީޒް
- އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް

މި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ، studyinsaudi.moe.gov.sa ޕޯޓަލް މެދުވެރިކޮށެވެ.