ދިވެހިރާއްޖެއިން ހައްޖަށްދާ ޙައްޖުވެރިންނަށް ސިއްޙީ އެހީތެރިކަމާއި ޙައްޖުވެރިން ސަޢުދީޢަރަބިއްޔާއަށް ގެންދިޔުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު ޙައްޖު ކޯޕަރޭޝަނުން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ސަޢުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގައި ބައިވެރިވެވަޑައިގަތުމަށް ޙައްޖުކޯޕަރޭޝަންގެ އިސްވެރިން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިގޮތުން ރާއްޖެއިން ޙައްޖަށްގެންދާ ޙައްޖާޖީންގެ %50 ސައުދީ އެއަރލައިންގައި ގެންދިއުމަށް އެ އެއަރލައިނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. އަދި ދިވެހި ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްވެސް އެކުލަވާލިއެވެ.
މި އެއްބަސްވުންތައް އެކުލަވާލިއިރު މިއަހަރާ ޖެހެންދެން ސަޢުދީ އެއަރލައިންއިން ގެންދިޔައީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން އެ ޤައުމަށް ގެންގޮސްދެމުންނެވެ. ނަމަވެސް މިއަހަރުން ސަޢުދީ އެއަރލައިންގައި އެ ޤައުމަށް ގެންގޮސްފައިވަނީ %50 ޙައްޖުވެރިންނެވެ. އަނެއް %50 ޙައްޖުވެރިން ގެންގޮސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.
ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކޮށްފައިވެއެވެ.
ޙައްޖު ކޯޕަރޭޝަންއަކީ މިހާރު ރާއްޖެއަށް ރަސްމީކޮށް ލިބޭ 1000 ކޯޓާގައި ހައްޖަށް މީހުން ގެންދާ ކުންފުންޏެވެ. ހައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިއހަރުގެ ޙައްޖުގައި މިނާގައި ދިވެހިން ތިބޭ ޓެންޓްތަކުގެ ކެޓަގަރީ މަތިކޮށްފައިވާއިރު މާއްކާާއި މާދީނާއާ ދެމެދުގައި ދަތުރުކުރުމަށް ހައިސްޕިޑް ޓެރެއިންގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. ޙައްޖު ކޯޕަރޭޝަނުން މިހާރު އަންނަނީ އަންނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ތައްޔާރުވަމުންނެވެ.