ޚަބަރު

ޓީޓީ ޑަބަލްސް އިވެންޓުތަކުން ރާއްޖޭގެ ދެ ޕެއަރ ދެވަނަ ބުރަށް


ޓޭބަލް ޓެނިސް އަންހެން މިކްސްޑް ޑަބަލްސް އަދި ފިރިހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޕެއަރއިންވެސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިޔަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މިކްސް ޑަބަލްސް މެޗްގައި މިއަދު ހެނދުނު ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި، މޫސާ މުންސިފް އަހުމަދު ވާދަކޮށްފައިވަނީ ޓޯގޯގެ އަޔޯކޯ އަދި އެލިއާސްގެ ޕެއަރއާއެވެ.

ރާފާއާއި މުންސިފް މިމެޗް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ޕެއާއިން ސެޓުތައް ގެންދިޔައީ 11-6، 11-9 އަދި 12-10 އިންނެވެ. މިކްސްޑް ޑަބަލްސްގެ މެޗްތަށް ކުރިއަށްދަނީ ބެސްޓް އޮފް ތްރީއަށެވެ.

ފިރިހެން ޑަބަލްސް މެޗްގައި ރާއްޖޭގެ މޫސާ މުންސިފް އަދި މުޙައްމަދު ޝައްފާންގެ ޕެއާ ވާދަކޮށްފައިވަނީ މޮރިޓޭނިއާގެ ކުޅުންތެރިންނާއެވެ. މިމެޗް މުންސިފާއި، ޝައްފާން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާރއިން ކާމިޔާބުކުރީ 11-2، 11-1 އަދި 11-4 އިންނެވެ.