ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ކ.ގުޅިން ހޫނު މަރުހަބާއެއް


  • މި ދަތުރުފުޅުގައި އެ ރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ކ.ގުޅިއަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކ.ގުޅިއަށް ވަޑައިގެންނެވީ އެ އެ ރަށުގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ކ.ގުޅިއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ރައްޔިތުންތަކަކާއި، ކައުންސިލްގެ ވެރިންނާއި އެ ރަށު އެކި މުޢައްސަސާތަކުގެ އިސްވެރިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކ.ގުޅިއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވާނެއެވެ. އަދި އެ ރަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެެވެ.