މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.
ރެއިން ފެށިގެން މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖެގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހެން އެކަށީގެންވާކަމަށެވެ.