ދުނިޔެ

ބްރެޒިލްގެ ރައީސް މަޤާމުން ވަކިކޮށްފި


ބްރެޒިލްގެ ސެނެޓުން އެގައުމުގެ ސަސްޕެންޑުކުރެވިފައިވާ ރައިސާ ޑިލްމާ ރޫސެފް މަގާމުން ދުރުކޮށް ނައިބު ރައީސް މިޝައިލް ޓެމަރއާ ވެރިކަން ޙަވާލުކޮށްފިއެވެ.

ދެކުނު އެމެރިކާގެ އެންމެ ބޮޑު ޤައުމު ބްރެޒިލްގައި މިހާތަނަށް އިންތިޚާބް ކުރެވުނު ފުރަތަމަ އަންހެން ރައީސާ މަޤާމުން ދުރުކޮށްފައިވަނީ ކޮރަޕްޝަނާއި ދައުލަތުގެ ބަޖެޓުން އަމިއްލަ މަސްލަޙަތަށް ފައިދާވާގޮތަށް ފައިސާ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައި، ސެނަޓުން އިތުބާރުނެތް ކަމުގެ ވޯޓެއް ނައިގައިގެނެވެ. ރޫސެފާއި އެއްކޮޅަށް ވިހި ވޯޓު ލިބުނު އިރު އޭނާ މަޤާމުން ދުރުކުރުމަށް ފަސްދޮޅަސް އެއް މެމްބަރުން ވަނީ ވޯޓު ދީފައެވެ.

ދިލްމާ ރޫސެފަކީ ފާއިތުވި ފަންސަވީހަކަށް އަހަރު ތެރޭގައި ބްރަޒީލްގައި މަގާމުން ދުރުކުރިފުރަތަމަ ރައީސްއެވެ.