ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ސްޓޯލްތަކަށް މާދަމާވެސް ޒިޔާރަތް ކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޙައްޖު އުމްރާ ކޮންފަރެންސް މި އަހަރު ބާއްވާފައިވަނީ، މައުރަޒަކާވެސް އެކުގައިއެވެ. މިއީ، މި ކޮންފަރެންސް ބޭއްވި 2 ވަނަ އަހަރެވެ.
މިކޮންފަރެންސްގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ވަނީ ބައިވެރިވެފައެވެ. އަދި އެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާއްމުންނާއި ޙިއްސާކޮށް، އިސްތިހާރު ކުރުމަށް ސްޓޯލުތައް ވަނީ ބަހައްޓާފައެވެ.
ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެޤްޒިބިޝަންގެ ސްޓޯލްތަކަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު މާދަމާވެސް
— Ministry of Islamic Affairs (@MVIaffairs) December 12, 2025
16:00 އިން 19:00 އަށް pic.twitter.com/746FjFlYIe
2 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔުމަށް ނިންމި މައުރަޒު މިހާރު ވަނީ މާދަމާވެސް ބޭއްވުމަށް ނިންމާފައިއެވެ. އެވުޒާރާއިން ވަނީ، މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތް ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. އެގޮތުން އާސްނާ އިން ކ.ތުލުސްދޫގެ ފަރާތުން ސްޕޮންސަރ ކޮށްފައިވާ 2 ރޭ އެރަށުގައި ހުރުމާއި، އަދި އަލް މުސާފިރު ޕްރައިވެޓުގެ ފަރާތުން ގުރުއަތުން ހޮވޭ 10 ފަރާތަކަށް 5 ލީޓަރުގެ 10 ޒަމްޒަމް ފެންފުޅި ދިނުމަށް ވަނީ ނިންމާފައެވެ.
މި މައުރަޒު އޮންނާނީ، އިސްލާމިކް ސެންޓަރުގެ ލޮބީ އޭރިޔާގައިއެވެ. މިމައުރަޒު ހަވީރު 16:00އިން ރޭގަނޑު 19:00އާއި ހަމައަށް ކުރިއަށްދާނެއެވެ.