ޚަބަރު

ޑިސްކަވަރ އެއަރލައިންސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި


  • މި އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 2 ދަތުރު ކުރާނެ

  • ޑިސްކަވަރ އެއަރލައިންގެ ޗެކިން ކައުންޓަރުތައް ވަނީ ހުޅުވާފައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ވީއައިއޭއިން، ޑިސްކަަވަރ އެއަރލައިންގައި ފްރޭންކްފާޓަށް ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ.

ޑިސްކަވަރ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ، އެކި ދުވަސްވަރުގައެވެ.

ރާއްޖެއަށް ޑިސްކަވަރ އެއަރލައިންގެ ދަތުރުތައް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިއަދު ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޑިސްކަވަރ އެއަރލައިންގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވިދާޅުވީ، ޑިސްކަވަރ އެއަރލައިސްއިން މާލެއާއި ފްރޭކްފާޓާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑިސްކަވަރ އެއަރލައިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ވީއައިއޭގެ އައު ޓާމިނަލުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ، މި ޓަރމިނަލަށް ބަދަލު ކުރަމުންނެވެ.

އިނގިރޭސިވިލާތަކީ، ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ޤައުމަކަށްވާތީ، ޑިސްކަވަރ އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމުން މިސިނާޢަތަށް އިތުރަށް ފައިދާތަކެއް ވާނެއެވެ. އިނގިރޭސިވިލާތަކީ، 3 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެޤައުމުން 181،300 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ.