ކްލަބު ވެލެންސިއާ އަށް އުރުގުއޭގެ މިޑްފީލްޑަރަކާއި ފްރާންސްގެ ފޯވަޑެއް ގެނެސްފި އެވެ.
އުރުގުއޭގެ މިޑްފީލްޑަރު މަޓިއަސް މާޓިނޭޒް ވަނީ ދިރާގު ދިވެހި ލީގުގައި ބުރާސްފަތި ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެފަ އެވެ. އޭނާ އަކީ އިޓަލީގައި މި އަހަރު ކުޅުނު ކުޅުންތެރިއެކެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވަނީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވިދާޅުވީ ޓީމަށް ދެން ގުޅޭނީ ފްރާންސްގެ ފޯވަޑެއް ކަމަށެވެ. އޭނާ އަކީ 32 އަހަރުގެ ފޯވަޑް ސްޓެފަން ބްލަންކެވެ. މި ކުޅުންތެރިޔާ އެންމެ ފަހުން ކުޅުނީ މޮންގޯލިޔާ ލީގުގަ އެވެ. ކުޅުންތެރިޔާ މާލެ އަންނާނީ މިއަދު ކަމަށް ވެސް ކޯޗު ބުންޏެވެ.
ވެލެންސިއާއިން މި ސީޒަން ފެށީ ސްޕޭނުގެ ފޯވަޑް އަބޫބަކުރު ބޫސާ ސިއްލާ ގޮވައިގެންނެވެ. ނަމަވެސް ރާއްޖެއައި އިރު ވެސް އަނިޔާގައި ހުރި ކުޅުންތެރިޔާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ވެލެންސިއާއިން ދެން ފޮނުވާލީ އެ ޓީމަށް ކުޅުނު އުޒުބަކިސްތާން ޑިފެންޑަރު ޑަވްރަންބެކެވެ.
ލީގުގެ އަށް ވަނާގައި އޮތް ވެލެންސިއާގައި ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އެއީ މޯލްޑޯވާ ކީޕަރަކާއި މިސުރުގެ ޑިފެންޑަރު މޫސާ ބަސެލް އެވެ.
ވެލެންސިއާ ލީގުގައި ދެން ނުކުންނާނީ ގްރީން ސްޓްރީސްޓްއާ ދެކޮޅަށެވެ.