ކޮންގޯ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ކޮންގޯ އަށް ޖާގަ ލިބުނު ނުދޭން އެދި ކެމަރޫނާއި ނައިޖީރިއާއިން ފީފާ އަށް މައްސަލަ ހުށަހަޅައިފި އެވެ.
މިމައްސަލަ އެ ދެ ގައުމާ ދެކޮޅަށް ނިމިއްޖެނަމަ ފްލޭއޯފުން ކޮންގޯ އަށް ލިބުނު ޖާގަ ލިބޭނީ ނައިޖީރިއާ އަށެވެ. ފްލޭއޯފްގެ ފަހު މެޗަށް ކޮންގޯ ކޮލިފައިވީ ޕެނަލްޓީ ޖަހައިގެން ނައިޖީރިއާ 4-3އިން ބަލިކޮށްފަ އެވެ. ކޮންގޯ އަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭނީ ޖެމެއިކާ އާއި ނިއު ކެލަޑޯނިއާއެކު ކުޅެން ޖެހޭ ޕްލޭއޯފް ފަހު މެޗުތައް ކާމިޔާބުކޮށްފިނަމަ އެވެ.
މި ދެ ގައުމުން ފީފާގައި ޖެއްސި މައްސަލަ އަކީ ކޮންގޯއިން ވޯލްޑް ކަޕް ކޮލިފައިންގައި އެ ގައުމަށް އުފަންވެފައިވާ ނުވާ އަދި ޔޫރަޕަށް ނިސްބަތްވާ ނުވަ ކުޅުންތެރިން ލައްވައި ކުޅުވި ކަމަށްބުނެ އެވެ. މި ދެ ގައުމުން ބުނާ ގޮތުގައި ޔޫރަޕަށް އުފަންވި ނުވަ ކުޅުންތެރިއަކު ކޮންގޯގެ ރަށްވެހިން ކަމުގައި ހެދީ ގަވާއިދާ ހިލާފަށެވެ.
މި މައްސަލާގައި ނައިޖީރިއާ އާއި ކެމަރޫނުން ޖައްސާ މައްސަލަ އަކީ ޔޫރަޕަށް އުފަންވި ހަ ޔަކާއި ނުވަކާ ދެމެދުގެ އަދަދެއްގެ ކުޅުންތެރިން ކޮންގޯގެ ކުޅުންތެރިންގެ ގޮތުގައި ހަދާފައިވާ އެކަން ކުރަން އޮންނަ އުސޫލުތަކާ ހިލާފަށް ކަމަށެވެ. މި ގޮތުން އެއް ކަމަކީ އެ ކުޅުންތެރިން ކުރިން ނިސްބަތްވި ގައުމުގެ ޕާސްޕޯޓް ދޫކޮށްނުލައި ކޮންގޯގެ ރަށްވެހިންނަށްވި މައްސަލަ އެވެ. މީގެ ތެރޭގައި ފްރާންސާއި ނެދަލޭންޑްސްގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.