ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނަށް ޚާއްސަ ވެބިނަރއެއް ބާއްވަނީ


  • ވެބިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 11ގައި

  • ބައިވެރިވުމަށް ނަންނޯޓުކުރެވޭނީ ދިނަސްނުލި ލިންކު މެދުވެރިކޮށް

  • ނަންނޯޓުކުރުމުގެ ސުންގަޑިއަކީ އަންނަމަހުގެ 7ވާ ބުދަ ދުވަސް

ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ފާހަގަކޮށް، އިންވެސްޓަރުންނަށް ޚާއްސަ މަޢުލޫމާތު ވެބިނަރއެއް ބޭއްވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ވެބިނަރ އަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް، ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ވެބިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 11ވާ އާދީއްތަ ދުވަހު ރާއްޖެގަޑިން 10:00 ޖަހާއިރުއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ވެބިނާރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ދިނަސްނުލި ލިންކު މެދުވެރިކޮށް ނަންނޯޓްކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. ނަންނޯޓުކުރުމުގެ ސުންގަޑިއަކީ އަންނަމަހުގެ 7ވާ ބުދަ ދުވަހެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނަށް ޚާއްސަކޮށްގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަންކަަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.