ޚަބަރު

ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ


  • އަލިފާން ރޯވެފައިވަނީ ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީއެއްގައި

  • ސަފާރީ އޮތީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި

ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އަލިފާންގަނޑު ނިއްވާލުމަށްޓަކައި މިހާރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.