ފުުލުހުންގެ ދައުރު އަދާކުރަން ހުރަސް އަަޅައި، އިންޒާރުދީ، ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި މިދިޔަ އަންގާރަ ދުވަހު ތިބި ގުރޫޕެއްގެ ބަޔަކު ބަލައިފާސްކުރަން ފުލުހުން މަަސައްކަތްކުރީ ފުލުހުން ފެނުމުން އެ މީހުން އުޅުނު ގޮތަށް ބަލައި، ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފުވައްމުލައް، މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން، (22އަހަރު) އާއި ފުވައްމުލަކު، ފުނާޑު، ނަމަން، ނާފިއު އިބްރާހީމް، (30އަހަރު) އަދި ގދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް، (19އަހަރު) އެވެ.
ފުލުހުން ވިދާޅުވީ މި 3 މީހުން ހައްުޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ރަޒީން 5 ދުވަހަށް، ނާފިއު 2 ދުވަހަށް އަދި ލުވޭޒް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށެވެ.