ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި


  • 2004 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހީން ދައްކައިދިނީ އާދަޔާ ޚިލާފު ހިތްވަރެއް

އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ދިވެހީންނަކީ އުޚުއްވަތްތެރި އަދި އޯގާތެރި އެކަކު އަނެކަކަށް ވާގިވެރިވާ ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި އިލާހީ ޙިމާޔަތާއި މަދަދާއި އަދި އޯގާވަންތަކަމުގައި ރެޔާއި ދުވާލު މިޤައުމުގައި ލައްވާތޯވެސް އެކަމަނާވަނީ ދުޢާ ދަންނަވާފައެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ސުނާމީ ކާރިސާގައި ދިވެހީންވަނީ އެކަކު އަނެކަކަށް އަޅާލުމުގެ ރިވެތި ނަމޫނާ މުޅި ދުނިޔެއަށް ދައްކާލާފައެވެ. އެކި ރަށްރަށުން އެތައް ދިވެހީންނެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލި، ގެދޮރާއި މުޅި ރަށް ސުންނާފަތިކޮށްލި އެކާރިސާއިން އަރައިގަތުމަށް ދިވެހީން ދެއްކީ އެކަކު އަނެކަކަށް އޯގާތެރިވުމާއި އާދަޔާ ޚިލާފު ހިތްވަރެކެވެ.