"ޕްރޮޖެކްޓް އައިލާ"ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި ގާއިމުކުރާ "ސަސްޓެއިނަބަލް ޓައުންޝިޕް" ތަކުގައި އިންވެސްޓް ކުރުމުގެ އެންމެ ކުޑަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުންނާއި، 12 ޖަނަވަރީގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2025 އިން ވަނީ ކަނޑައަޅުއްވާފައެވެ.
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި އެސް.އީ.ޒެޑެއް ތަރައްޤީކުރުމަށް ޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.
މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން، އެސް.އީ.ޒެޑެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކޮށްފައެވެ.