ޚަބަރު

ރާއްޖެ ސުޕާ ލީގު: އެންމެ މޮޅު ކުޅުންތެރިއަކަށް ޖޫޒާން


މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ރާއްޖެ ސުޕާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު، މުބާރާތުގެ ޗެމްޕިއަންކަން ލ. މާބައިދޫއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފާތިމަތު ޖޫޒާން ޒަރީރު ހޯދައިފިއެވެ.

ޖެނުއަރީ 4 އިން 12 ގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގައި މުޅި ރާއްޖެއިން، ޖުމްލަ އަށް ޓީމު ވާދަކޮށްފައިވެއެވެ. އެއީ ޗެމްޕިއަން ލ. މާބައިދޫއާއި ރަނަރަޕް ލ. ގަމުގެ އިތުރުން ތިންވަނަ ހޯދި ކ. ހުރަޔާއި ހަތަރުވަނަ ހޯދި ށ. ފުނަދޫ އަދި އައްޑޫ ސިޓީއާއި މާލެ ސިޓީ އަދި ކ. މާފުއްޓާއި ދ. މާއެނބޫދޫއެވެ.

މުބާރާތުގައި ވަކިވަކި ކުޅުންތެރިންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޖޫޒަން ހޯދިއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ހުރާގެ އައިޝަތު ޔުމްނު ޝާހިދުއެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާބައިދޫގެ އަޙްމަދު އާދިލްއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ވިޕާޑާއެވެ.

އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަށް ށ. ފުނަދޫގެ އައިމިނަތު ޝަހާ ޝާމިންއާއި ލ. މާބައިދޫގެ އައިމިނަތު އަރީޝާ ހޮވުނުއިރު އެންމެ މޮޅު މިޑްލް ބްލޮކަރުންނަށް ހޮވުނީ މާބައިދޫގެ އައިިމިނަތު މާޔާ ނާޒިމްއާއި ގަމުގެ ހައްވާ ނާޒިމާއެވެ.

މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު އޮޕޮސިޓް ޕްލެޔަރަކަށް ހޮވުނީ ގަމުގެ ހައްވާ ރާޝިދާއެވެ. އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ކ. ހުރާގެ މާޝާ ފާރޫޤެވެ.