ގޯލްޑަން ފުޓަސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅުގެ ފައިނަލުގެ ޖާގަތައް ދެއްވަދޫއިންނާއި ކަނޑުހުޅުދޫއިން ހޯދައިފިއެވެ.
އަތޮޅު ފައިނަލުގެ ޖާގަ ދެއްވަދޫއިން ހޯދީ ސެމީ ފައިނަލުގައި ގެމަނަފުށީގެ މައްޗަށް 1-4 އިން ކުރިހޯދައިގެންނެވެ.
މެޗުގައި ގެމަނަފުށީގެ ހަމައެކަނި ލަނޑު އަންސަދު ހަސަން ކާމިޔާބުކޮށްދިން އިރު ދެއްވަދޫގެ އަޙްނަފް ރަޝީދާއި ނަސޫޙު ސަޢީދާއި މީޝަން މުޖީބު އަންވަރު ވަނީ ލަނޑު ޖަހާފައެވެ.
މެޗުގައި އަޙްނަފް ރަޝީދު ދެ ލަނޑު ޖެހިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާއެވެ.
މި އަތޮޅުގެ ފައިނަލުގެ ފަހު ޖާގަ ކަނޑުހުޅުދޫއިން ހޯދީ ސެމީ ފައިނަލުގައި ވިލިނގިލީގެ މައްޗަށ 0-5 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މެޗުގައި ވިލިނގިލީގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ޖަވާދާއި އަޙްނަފް ޒާހިރުގެ އިތުރުން އިސްމާޢީލް އަންވާރެވެ. ޖަވާދާއި އަޙްނަފް ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޙްނަފް ޒާހިރެވެ.
މުބާރާތުގެ ސެމީގެ ޖާގައެއް ދެއްވަދޫއިން ހޯދީ ގއ. އަތޮޅު ގުރޫޕު ބީގެ އެއްވަނައިގެ ގޮތުގައެވެ. ކަނޑުހުޅުދޫއިން ސެމީގެ ޖާގަ ހޯދީ މި އަތޮޅު ގުރޫޕު އޭގެ އެއްވަނައިގެ ގޮތުގައެވެ.
މި އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހު ހަވީރު އެވެ.