ވިޔަފާރި

އެމްޓީސީސީގެ "ސާބަސް ޔަންމާ" ޕްރޮމޯޝަން ފަށައިފި


  • ޕްރޮމޯ ކުރިއަށްދާނީ ފެބުރުއަރީ 15 އިން 31 މާޗިޗުގެ ނިޔަލަށް

  • ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ

އެމްޓީސީސީގެ "ސާބަސް ޔަންމާ ޕްރޮމޯ 2026" ފަށައިފިއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން ބޭއްވި ހަފުލާއެއްގައި މި ޕްރޮމޯ ފައްޓަވައިދެއްވ،ީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ. "ސާބަސް ޔަންމާ ޕްރޮމޯ 2026" މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 15 އިން އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން
ބައްލަވައިގަންނަވާ ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 31 މާރިޗު ނުވަތަ އެ ދުވަހުގެ ކުރިން 10 އިންސައްތައިގެ ބުކިންގ ފީއެއް ދައްކައިގެން އިންޖީނުގެ އޯޑަރު ޔަޤީން ކުރަން ޖެހޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރަކީ އެމްޓީސީސީއެވެ. މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން މެރިން އުފެއްދުންތަކާއި، އައު ޚިދުމަތްތައް ތަޢާރަފު ކުރާނެކަމަށާއި، އެކުންފުނީގެ ވިޔަފާރީގެ ބައިވެރިން ކަމުގައިވާ ޔަންމާއާއި ކާސްޓްރޯލް ކުންފުނިތަކުގެ އިސް ވެރިންނާއެކު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ، އަގުހުރި މަޢުލޫމާތުތަކެއް ޙިއްސާ ކުރާނެކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން އެމްޓީސީސީ ކަށަވަރު ފޭސްބުކް ޕޭޖް މެދުވެރިކޮށް ލަކީޑްރޯއެއް ގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 5ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު، މި ލަކީޑްރޯ ކާމިޔާބުކުރާ ފަރާތުގެ ނަން މިއަދު އިއުލާން ކުރާނެއެވެ.

އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމގެ ގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން
ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު
ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތަކަށް އިސްކަންދީ އެކަންކަން ހިންގަމުންދާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއްވިިއެވެ.