ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، މިދިޔަ ހޯމަ ދުވަހު މަރުވި 2 ދިވެހިންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ ހަފްތާގައި މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނރ. 439، އުުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލް އާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ޙަސަން ނިޔާޒްއެވެ.
މީގެތެރެއިން އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. މީގެ އިތުރުން ޙަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމް ދަނިކޮށެވެ.
މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ފުލުހުން ވިދާޅުވީ ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފަކަމަށާއި، އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.