13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެނުންގެ 5000 މީޓަރު ދުވުމުގެ އެއްވަނަ އައިޝަތު ޖިނާނީ އިބްރާހިމް ހޯދައިފިއެވެ.
މާލެ އެކުވެނީގައި ކުރިޔަށްދާ މި މުބާރާތުގައި އަންހެން ކެޓަގަރީގެ ފައިނަލްގައި 7 ދުވުންތެރިން ވާދަކުރިއެވެ.
ޖިނާނީ މި ކެޓަގަރީގެ އެއްވަނަ ހޯދީ 20 މިނިޓް 22.313 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ދެވަނަ ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްގެ އައިޝަތު ރިޝްމީއެވެ. އޭނާ ރޭސް ނިންމީ 22 މިނިޓް 25.36 ސިކުންތުންނެވެ.
ތިންވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ބިންތް އަހުމަދެވެ. އޭނާ ރޭސް ނިންމީ 22 މިނިޓް 55.57 ސިކުންތުންނެވެ.
ފިރިހެނުންގެ 5000 މީޓަރު ދުވުމުން އެއްވަނަ ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްގެ މުހައްމަދު އިރުފާނެވެ. އޭނާ ރޭސް ނިންމީ 16 މިނިޓް 35.74 ސިކުންތުންނެވެ.
ދެވަނަ ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ރަޝީދެވެ. އޭނާ ރޭސް ނިންމީ 16 މިނިޓް 47.77 ސިކުންތުންނެވެ.
ތިންވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިދު އަބްދުﷲ ރިފާއު އެވެ. އޭނާ ރޭސް ނިންމީ 16 މިނޓް 56.63 ސިކުންތުންނެވެ.
ފިރިހެނުންގެ 5000 މީޓަރު އޯޕަން އިވެންޓުގެ ފައިނަލްގައި ޖުމްލަ 7 އެތުލީޓުން ވާދަކުރިއެވެ.