ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ.
ސީޝެލްސްގެ ސީޝެލްސް ގެ ވިކްޓޯރިއާ ޕޯރޓް އިން ފުރައިގެން ރާއްޖެއަށް އައިސްފައިވަނީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" ނަމަކަށް ކިޔާ ކްރޫޒްލައިނަރއެކެވެ. މި ކްރޫޒްލައިނުން ރާއްޖެއަށް 587 ފަތުރުވެރިންނާއި 489 ކްރޫ މެންބަރުން އައިސްފައިވާއިރު އެ މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންނެވެ.
ބަހާމާސްގެ "އެމްއެސް ކްރިސްޓަލް ސިންފޮނީ" ރާއްޖެއިން ފުރުއިގެން ދަތުރުކުރާނީ ސްރީލަންކާގެ، ކޮލޮމްބޯއަށެވެ.
The Seaport Division officers successfully provided en-route immigration clearance services for 548 passengers and 489 crew members aboard MS Crystal Symphony, which arrived from Mahé, Seychelles to Malé, Maldives on 18 February 2026. pic.twitter.com/rHQKMsMll4
— Maldives Immigration (@ImmigrationMV) February 19, 2026
މިފަދަ ބޮޑެތި އުޅަނދުފަހަރު ރާއްޖެ އައުމުން، ދަތުރުމަތީގައި ކްލިއަރެންސް ދިނުމަކީ ފަތުރުވެރިންނަށާއި އުޅަނދުގެ އޮޕަރޭޓަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މީގެ ސަބަބުން ބަނދަރަށް މަޑުކުރުމަށްފަހު ފަސިންޖަރުންނަށް ލަސްވުމެއް ނެތް ގޮތުގައި ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
"އެމްއެސް ކްރިސްޓަލް ސިންފޮނީ" މިއަހަރުގެ މިހާތަނަށް ރާއްޖެ އައި 6 ވަނަ ކްރޫޒްލައިނާއެވެ. ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ.
ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.