ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަނީ 30 އަހަރުގެ ފިރިހެނެއް

  • އޭނާ ގެއްލިގެން ރިޕޯޓް ކުރީ އަންގާރަ ދުވަހު

މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ(30 އަހަރު) އެވެ.

މި މީހާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހަށް ހުށައެޅީ އަންގާރަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް ޢަލީ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވާ ކަމަށެވެ. އިމްތިޔާޒު ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓް ކުރީ، އަންގާރަ ދުވަހުގެ 17:15 އެހާކަންހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މި މައްސަލަ ރިޕޯޓް ކުރުމާ ގުޅިގެން، ފުލުހުންގެ ކަމާއި ގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ޙިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާ ހޯދުމުގައި ފުލުހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

އިމްތިޔާޒުއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި، އެ މަޢުލޫމާތު ޙިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.