ޚަބަރު

ބްރިޖުން ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި


  • މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 09.45 ހާއިރު

  • މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވޭ

ސިނަމާލެ ބްރިޖުން މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ޕިކަޕެއް ފުރޮޅާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޕިކަޕު ފުރޮޅާލި ޙާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:45 ހާއިރުކަމަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޕިކަޕު ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެންގޮސް އަރި އަޅާލައި ބްރިޖުގެ ފެންސެއްގައި ޖެހުމުގެ ސަބަބުންކަމަށް ފުލުހުުން ވިދާޅުވިއެވެ.

މި ޙާދިސާ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.