ޚަބަރު

ދިރާގުން ޔޫ.އޭ.އީއާއި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި


  • ހިލޭ ގުޅުމަށް 30 މިނިޓު ލިބޭނެ

  • 2 މާރިޗު 2026 ގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ

  • އެކްޓިވޭޓްކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ

ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފިއެވެ.

މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.

ދިރާގުން ވިދާޅުވީ މި ހިދުމަތުގެ ދަށުން، ޔޫ.އޭ.އީ އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް 2 މާރިޗު 2026 ގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ ކަމަށާއި އެކްޓިވޭޓްކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށެވެ.

ދިރާގުން ދަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެމުންނެވެ.